ނޮޅިވަރަންފަރު ބަނދަރުގައި ދަތުރުހިޔާ އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ނޮޅިވަރަންފަރު ބަނދަރުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދަތުރުހިޔާ އެޅުމަށް، ނޮޅިވަރަންފަރު ކައުންސިލާއި ކޮޅުދާލި ކާޕެންޓްރީ އެންޑް މެޓަލްސް ވޯކްސް އާ ދެމެދު މިއަދު އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ. މިއަދު މެންދުރުފަހު 1:00 ގައި ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދި އިބްރާހީމް އެވެ. އަދި ކޮޅުދާލި ކާޕެންޓްރީ އެންޑް މެޓަލްސް ވޯކްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކޮމްޕްނީގެ މެނޭޖަރ އަލްފާޟިލް އަޙްމަދު ޙަސަން އެވެ.
މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއި ކުރާ ތާރީޚުން ފެށިގެން 90 ދުވަސް ތެރޭގައެވެ. މިއީ ނޮޅިވަރަންފަރު ކައުންސިލުން ތިންލައްކަ ހަތްދިހާސް ރުފިޔާ ޚަރަދުކޮށްގެން އަޅާ ޢިމާރާތެކެވެ.
ނޮޅިވަރަންފަރުގެ ބަނދަރު ރަސްމީކޮށް ހުޅުވާފައި ނުވީކަމުގައި ވީނަމަވެސް، ފެރީއާއި ޢާއްމުން ބަނދަރުގެ ބޭނުން ރަސްމީކޮށް ކުރަންފަށާފައިވާތީ، އެސަރަހައްދުގައި ހިޔާވާނެ ތަނެއް ނެތުމުގެ ސަބަބުން ޢާއްމު ރައްޔިތުންގެ ފަސޭހައަށްޓަކައި ޢިމާރަތް ކުރާ ތަނެކެވެ. ދަތުރުހިޔާ ނިމޭއިރު ނަމާދުކުރުމަށް ޚާއްޞަ ކޮޓަރިއަކާއި ދެ ފާޚާނަ ދަތުރުހިޔަލުގައި ހުންނާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *