މަލްޓި މީޑިއާ ކޯސް އިފްތިތާޙު ކޮށްފި.

ނޮޅިވަރަންފަރު ކައުންސިލާއި އެމް.އެން.ޑީ.އެފް ގުޅިގެން، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މަލްޓި މީޑިއާ ކޯސް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. 21 ޑިސެމްބަރ 2018 ވީ ހުކުރު ދުވަހު ހެނދުނު 8:30 ގައި ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޯސް އިފްތިތާޙު ކޮށްދެއްވާފައިވަނީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް ޢަބްދުއްރަޙިމް ޢަބްދުއްލަޠީފް އެވެ.
ވައިސް ޗީފްގެ ވާހަކަ ފުޅުގައި މިކޯސް ނޮޅިވަރަންފަރަށް ލިބިފައިވަނީ ވަރަށް ގިނަ ރަށްތަކެއް ކިއުގައި ވަނިކޮށް ކަމަށާއި ވުމާއި އެކު ސެޓްފިކެޓެއް ހޯދުމުގެ ބޭނުމުގައި އެކަނި ކޯސް ބައިވެރިނުވެ، ކޯހުން ލިބޭ ފިލާވަޅުތައް ޢަމަލީ މައިދާނުގައި ބޭނުންކޮށް މުޖްތަމަޢުއަށް ފައިދާ ކުރާނެ މީހަކަށް ވުމަށް ބައިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.
މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް ޢަބްދުއްރަޙިމް ޢަބްދުއްލަޠީފްގެ އިތުރުން އެމް.އެން.ޑީ.އެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސިކިއުރިޓީ ސްޓަޑިސްގެ ކޮމާންޑިން އޮފިސަރ ބްރިގޭޑިއާ ޖެނަރަލް ވައިސް ވަޙީދު އާއި އެމް.އެން.ޑީ.އެފްގެ ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޔާމީން އާއި އެމް.އެން.ޑީ.އެފްގެ ބައެއް އޮފިސަރުންނާއި ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް އަދި ސްކޫލުގެ ޕްރިންސިޕަލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނެވެވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *