މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިން ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ނޮޅިވަރަންފަރު ކައުންސިލް އަދި ނޮޅިވަރަންފަރު ސްކޫލާއި ގުޅިގެން ނޮޅިވަރަންފަރުގައި ހިންގުނު ސެޓްފިކޭޓް ތިނެއް މަލްޓް މީޑިއާ އެންޑް ވެބް ޑިޒައިން ކޯސް ކާމިޔާބުކަމާއި އެކު ނިންމާ ނަތީޢްޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ފަންނުވެރި ދިވެހިން ބިނާކުރުމަށް ޓަކާ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކްރިޓީ ސްޓަޑީސް އިން ހިންގާ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 22 ޖޫން 2019 ވަނަ ދުވަހުގެ ޜޭ ނޮޅިވަރަންފަރު ސްކޫލުގައެވެ.
ހަތަރު ބަޔަޔަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މިކޯހުގެ ސްކޫލު ދަރިވަރުންގެ ބައިން އެއްވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު މުޝްތަރީގެ ޢައިޝަތު ޝާމިލާ އެވެ. ދެވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު މެޑޯޒް ޢަލީ ޒިދާން ޢަބްދުﷲ ، އަދި ތިންވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު ޝައިން ނާހިލް މުޙައްމަދު ޝަފީޤު އެވެ. ޒުވާނުންގެ ބައިން އެއްވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު ޔާދު އިސްމާޢީލް ޢާދިލް، ދެވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު އަލިވާގެ ޢައިޝަތު ޝިމްލާ އަދި ތިންވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު އަރުތަ އަޙްމަދު ފައުޒާން ފަޔާޟު އެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ބައިން އެއްވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު ސަމަންވިލާ ފާޠިމަތު ޒަހާ އެވެ. ދެވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު ދިލާސާގެ ޢައިޝަތު ސާމިޔާ އަދި ތިންވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު ދިލާސާގެ ޒުހުރާ އާދަމް އެވެ. މުވައްޒަފުންގެ ބައިން އެއްވަނަ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު ޗަބޭލީގެ އަޙްމަދު ޠާހާ، ދެވަނަ ހޯދާފައިވަނީ ހދ.ނާވައިދޫ ޢަލީ މުޙައްމަދު އަދި ތިންވަނ ހޯދާފައިވަނީ ހދ.ނޮޅިވަރަންފަރު އަރުތަ މުޙައްމަދު ފަޔާޟުއެވެ.
ސަތޭކަ ފަންސާސް ބައިވެރިންނަށްވުރެ ގިނައިން މިކޯހުގައި ބައިވެރިވެފައި ވީނަމަވެސް ޖުމްލަ 148 ( ސަތޭކަ ސާޅިސްއަށެއް ) ބައިވެރިންވަނީ ސެޓްފިކޭޓް ޙާޞިލްކޮށްފައެވެ. މިއީ އެމްކިއުއޭ އިން ގަބޫލުކުރާ ލެވެލް ތިނެއްގެ ސެޓްފިކޭޓެކެވެ.
މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަކީ މިކޯސް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގެވެސް ޝަރަފްވެރި މެހެމާން ކަމުގައިވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިޔާ ޖެނަރަލް އަބުދުއްރަހީމް އަބުދުއްލަތީފް އެވެ. އެމަނިކުފާނުގެ އިތުރުން އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޖެނަރަލް މުޙައްމަދު ނާޒިމްއާއި ކޮލޮޖެ އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ކޮމާންޑަރ ބްރިގޭޑިޔާ ޖެނަރަލް ވައިސް ވަހީދު ބައިވެރިވެ ވަޑައިގަތެވެ.
ކޯހުގައި ކިޔަވައިދެއްވާފައިވަނީ އެމްއެންޑީއެފްގެ ދެބޭފުޅުންކަމުގައިވާ ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޔާމީން އާއި ކޯޕްރަލް ޙަސަން ރިޟާ އެވެ.
މަލްޓިމީޑިއާ ކޯހުގެތެރޭގައި، ކޯހުގެ މުދައްރިބުންވަނީ ތަރުބަވީ ޖީލެއް ބީނާކުރުމުގެ ނަމުގައި ޚާއްޞަ ދަރުސް ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *