ދަތުރު ހިޔާ ރަސްމީކޮށް ހުޅުވައިފި

ނޮޅިވަރަންފަރު ކައުންސިލުން ބަނދަރުގައި ޢިމާރާތްކުރި ދަތުރިޔާ ރަސްމީކޮށް ހުޅުވައިފި އެވެ. މިދަތުރު ހިޔާ ޢިމާރާތް ހުޅުވާފައިވަނީ 10 ޖުލައި 2019 ވަނަ ދުވަހު ހަވީރު ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމމް އެވެ.
ދަތުރު ހިޔާ ޢިމާރާތަކީ 2018 ވަނަ އަހަރުގެ އޮގަސްޓްގައި ޢިމާރާތް ކުރަންފަށާފައިވާ ޢިމާރާތެކެވެ. ދަތުރުހ ހިޔާގެ މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކޮށްފައިވަނީ 2019 މެއި 2 ގައެވެ. ދަތުރު ހިޔާ ޢިމަރާތްކޮށްފައިވަނީ އެތާނގައި 2 ފާޚާނާ އާއި ނަމާދު ކުރާ ކޮޓަރި ހިމެނޭ ގޮތަށެވެ. ކައުންސިލުންވަނީ އެޢިމާރާތް ބެލެހެއްޓުމަށްޓަކައި ޢިމާރާތުގެ ބައެއް ކުއްޔަށްދިނުމަށް ނިންމާފައެވެ.
ދަތުރު ހިޔާ ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ފާހަގަކުރައްވާފައިވަނީ ދަތުރު ހިޔާ ޢިމާރާތް ކުރުމަށްވުރެ އެތަން ސާފުކޮށް ބެލެހެއްޓުމަކީ އުދަގޫ ކަމަކަށް ވާނެކަމަށައި އެތަނަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަށުގެ ރައްޔިތުންނާއި އެތަނުގެ ބޭނުންކުރާ ހުރިހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުން އެދޭކަމުގައެވެ. އަދި ދަތުރު ހިޔާގެ ސަބަބުން ބަނދަރު ބޭނުން ކުރާފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތެކެއް ވެގެންދާނެ ކަމުގައި އަޙްމަދު ފާހަގަ ކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *