ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބު ކުރުން

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ދެ ބޭފުޅުން އިންތިޚާބު ކޮށްފިއެވެ. ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ވަޙީދު އެވެ. އަދި ނައިބު ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ ކައުންސިލް މެންބަރ އަލްފާޟިލާ އަސްމާ ޚާލިދު އެވެ.
ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު ބާއްވާފައިވަނީ، ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ކައުންސިލްގެ ރައީސްކަމުގެ މަޤާމުންނާއި ކައުންސިލް މެންބަރުކަމުން، 5 އޮކްޓޯބަރ 2020 ގައި އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އަޙްމަދު އިބްރާހީމް ކައުންސިލްގެ ރައީސްކަމުގެ މަޤާމުންނާއި ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދީފައިވަނީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑައިރެކްޓަރ ކަމުގެ މަޤާމު ހަމަޖެހުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *