ހދ.އަތޮޅު ވޮލީބޯޅަ މުބާރާތް ފެށުން

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީބޯޅަ މުބާރާތް 12 މާރޗް 2021 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ފަށައިފިއެވެ.

އަންހެން އަދި ފިރިހެން ދެޑިވިޜަން ވަކިން ކުރިއަށްގެންދާ މި މުބާރާތް ހުޅުއްވައި ދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަސީމު އަދި މި މުބާރާތް ހޯސްޓްކުރާ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ވަހީދެވެ. ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ، އަންހެން ޑިވިޜަންގެ ނޮޅިވަރަންފަރު ލައިކަން އަދި ހިރިމަރަދޫ ހިރިޒިލް އެވެ. މިމެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލައިކަން އެވެ.

ފިރިހެން ޑިވިޜަންގައި ޖުމްލަ 6 ޓީމަކުން ބައިވެރި ވެފައިވެއެވެ. މިޑިވިޜަންގެ މެޗްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އަންހެން ޑިވިޜަންގައި 7 ޓީމް ބައިވެރިވެފައިވާއިރު، މިޑިވިޜަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެގްރޫޕަށް ބަހާލައިގެން، ދެގްރޫޕުން މޮޅުވާ ދެޓީމު ސެމީފައިނަލުގައި ބައްދަލު ކުރާ ގޮތަށެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް 28 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *