ހދ. އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށް ނޮޅިވަރަންފަރު ކައުންސިލުގެ ފަރާތުން ހޯސްޓްކޮށް، 2021 މާރިޗް 12 އިން 28 އަށް، ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ  ހދ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް، އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފި އެވެ.

ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ވައިކަރަދޫ ވޮލީ ޓީމެވެ.

އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ކުމުންދޫ ސްޕޯރޓްސް ކްލަބެވެ.

މުބާރާތް ނިމުމާއެކު ޗެމްޕިއަން ޓީމަށް، ޓްރޮފީއާއި، މެޑަލް އަދި 15000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ޙަވާލުކުރެއްވިއެވެ. އަދި ރަނަރަޕް ޓީމަށް ޓްރޮފީއާއި، މެޑަލް އަދި 7000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުން ޙަވާލު ކުރެވުނެވެ. މީގެ އިތުރުން ފެއަރޕްލޭ ޓީމަށާއި، އެންމެމޮޅު އަންހެން އަދި ފިރިހެން 6 ކުޅުން ތެރިންނަށް ޓްރޮފީ ޙަވަލުކުރެވުނެވެ.

މުބާރާތުގެ އެންމެމޮޅު އަންހެން 6 ކުޅުންތެރިން

  • މަރިޔަމް އަޒީފާ (ލައިކަން)
  • ޢާއިޝަތު އިބާދާ (ކުމުންދޫ ސްޕޯރޓްސް ކްލަބް)
  • ފާޠިމަތު ސަމާޙް (ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ)
  • ޢާއިޝަތު އަރީކާ (ޓީމް ނައިވާދޫ)
  • ފާޠިމަތު ޖޫޒާން (ލައިކަން)
  • އާމިނަތު ރާޝިދާ (ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ)

މުބާރާތުގެ އެންމެމޮޅު ފިރިހެން 6 ކުޅުންތެރިން

  • ޢަލީ ހުޒާމް (ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް)
  • ޙަސަން ނިލާމް (ސާއްބަ އެކުވެރި ކްލަބް)
  • އާދަމް ނަސީމް (ސާއްބަ އެކުވެރި ކްލަބް)
  • އަޙްމަދު ރަޝީދު (ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް)
  • ޙުސައިން ޔޫސުފް (ސާއްބަ އެކުވެރި ކްލަބް)
  • އަޙްމަދު ސައިފުﷲ (ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް)

Leave a Reply

Your email address will not be published. Required fields are marked *