އިންތިޚާބީ ކައުންސިލަރުން ހުވާކުރުމާ، އ.ތ.މ ކޮމިޓީގެ މެންބަރު އިޤްރާރުވުމުގެ ދަރުބާރު ބޭވުން

ނޮޅިވަރަންފަރު ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިޤްރާރުވުމުގެ ދަރުބާރު ބާއްވައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިޤްރާރުވުމުގެ ދަރުބާރު ބާއްވާފައިވަނީ 17 މެއި 2021 ވަނަ ދުވަހު މެންދުރުފަހު 02:00 ގައި ނޮޅިވަރަންފަރު ސްކޫލްގައެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސްއަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު ނިޝާން ޢަބްދުﷲ ނަދީމެވެ. ކައުންސިލް މެންބަރުންނަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު ވައިޖެހޭގެ ޢަބްދުލްކަރީމް ޢަބްދުއްރަޙްމާން އާއި ހދ.ނޮޅިވަރަންފަރު ރޯޝަނިވިލާ އަޙްމަދު ވަޙީދެވެ. އަދި އަންހެނުންނަށް ޚާއްޞަ ގޮނޑިއަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު އިރުމަތީގެ ޒަހީނާ ޢަބްދުﷲ އާއި ހދ.ނޮޅިވަރަންފަރު އަލިމަސްގެ އަމީނާ މުޙައްމަދެވެ.

       ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު މެޑްރިޓްހައުސް އާމިނަތު ސަޢީދާ، ހދ.ނޮޅިވަރަންފަރު ވިލުދޮޅި އާމާލު މުޙައްމަދު، ހދ.ނޮޅިވަރަންފަރު ވައިޓްސްނޯވ ޢާއިޝަތު އިޙްސާނާ، ހދ.ނޮޅިވަރަންފަރު  ހދ.ނޮޅިވަރަންފަރު ނިއުލައިޓް ނަޝީދާ އަޙްމަދު އަދި ހދ.ނޮޅިވަރަންފަރު ނޫރު ނަޒްމީނާ އަޙްމަދެވެ.

މިދަރުބާރުގައި ކައުންސިލަރުންނަށް ހުވާ ލާދެއްވީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އަޙްމަދެވެ.

       ހުވާކުރުމުގެ ދަރުބާރަށްފަހު ނޮޅިވަރަންފަރު ކައުންސިލްގެ 04 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވަނީ ބާއްވާފައެވެ.

       ނޮޅިވަރަންފަރު ކައުންސިލްގެ 04 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައިވަނީ ކައުންސިލްގެ ނައިބުރައީސް އިންތިޚާބު ކޮށްފައެވެ. ކައުންސިލްގެ ނައިބުރައީސްއަކަށް އިންތިޚާބު ވެފައިވަނީ ޢަބްދުލްކަރީމް ޢަބްދުއްރަޙްމާން، ހދ.ނޮޅިވަރަންފަރު ވައިޖެހޭގެ އެވެ. ނައިބްރައީސްކަމަށް ޢަބްދުލްކަރީމް އިންތިޚާބުވެފައިވަނީ އަޙްމަދު ވަޙީދު ހދ.ނޮޅިވަރަންފަރު ރޯޝަނިވިލާ އާ ވާދަކޮށް 4 ވޯޓްގެ އަގްލަބިއްޔަތުންނެވެ.

       ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު ނޫރު ނަޒްމީނާ އަޙްމަދެވެ. އަދި ނައިބު ރައީސްއަކަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު ވައިޓްސްނޯވ ޢާއިޝަތު އިޙްސާނާއެވެ. ނަޒްމިނާ ރައީސްކަމަށް އިންތިޚާބުވެފައިވަނީ ހދ.ނޮޅިވަރަންފަރު ނިއުލައިޓް ނަޝީދާ އަޙްމަދުއާ ވާދަކޮށް 3 ވޯޓް 2 ވޯޓްގެ އަގްލަބިއްޔަތުންނެވެ. އަދި އިޙްސާނާ ނައިބުރައީސްކަމަށް އިންތިޚާބުވެފައިވަނީ ކޮމެތީގެ އިއްތިފާޤުންނެވެ.        މިއީ، ޤައުމީ ފެންވަރުގައި ބޭއްވުން އިންތިޚާބަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް އެކުލަވާލެވުނެ ފުރަތަމަފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *