ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ނޮޅިވަރަންފަރަށް ވަޑައިގަތުން

ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ނޮޅިވަރަންފަރަށް ވަޑައިގަންފިއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ އާއި މިނިސްޓްރީގެ ޓިމްވަނީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވާފައެވެ. ކައުންސިލާ އެކު ބޭއްވުނު ބައްދަލުވުމުގައި، ނޮޅިވަރަންފަރު ދެކުނުކޮޅުގައި ޓްރެއިނިންގ ރިޒޯޓް ތަރައްޤީކުރުމަށް 2008 ވަނަ އަހަރު ނަލަވެލި މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިމުގައި، ތޭރަ އަހަރު ފާތިއުވެގެން ދިޔައިރު ޓްރެއިންގ ރިޒޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިނުވާތީ، އެބިން ނޮޅިވަރަންފަރު ކައުންސިލަށް ލިބޭނެ ގޮތާބެހޭ ގޮތުން ނޮޅިވަރަންފަރު ކައުންސިލުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ނޮޅިވަރަންފަރުގެ ލޭންޑް ޔޫސްޕްލޭންގައި ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިންތައް ވީހާވެސް އަވަހަކަށް ދޫކުރުމުމާ ބެހޭގޮތުން މިނިސްޓަރާއެކު ކައުންސިލުންވަނީ މަޝްވަރާކުރައްވާފައެވެ. ނޮޅިވަރަންފަރު ދެކުނުކޮޅުގައި ޓްރެއިނިންގ ރިޒޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ސަރަހައްދު ބައްލަވާލެއްވުމަށް މިނިސްޓަރ ވަނީ އެސަރަހައްދަށް ވަޑައިގަންފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *