ނޮޅިވަރަންފަރު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން

ނޮޅިވަރަންފަރު ކައުންސިލުގެ ތިންވަނަ ދައުރުގައި ދެވަނަ ފަހަރަށް ރައްޔިތުންނާ ބައްދަލުކޮށްފިއެވެ. 29 އޮކްޓޯބަރ 2017 ދުވަހުގެ ރޭ 8:30 ގައި ނޮޅިވަރަންފަރު ސްކޫލު ހޯލުގައި ބޭވި މި ބައްދަލުވުމަގައި ދަނޑުބިން ދޫކުރަނެ ގޮތެއް ރައްޔިތުންގެ ބައިވެރިވުމާއި އެކު ވަނީ ނިންމާފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ކައުންސިލުން ކުރިއަށް ރާވާފައި ހުރި ޕްރޮޖެޓްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ޕްރޮޖެޓުތަކާއި ބެހޭގޮތުންނާއި ބަނދަރު ސަރަހައްދު ކައުންސިލުން ޕްލޭންކޮށްފައިވާގޮތާއި ބެހޭގޮތުންވަނީ މަޝްވަރާކޮށް، ރައްޔިތުންނާއި ހިއްސާކޮފައެވެ. އަދި ހދ.އަތޮޅު ޤުރުއާން މުބާރަތް ހޯސްޓްކުރުމާއި ބެހޭގޮތުންވެސް ރައްޔިތުންގެ ޚިޔާލު ހޯދަފައެވެ. މީގެ އިތުރުންވެސް ނޮޅިވަރަންފަރުގައި އަޅާ ނަރުދަމާ ނިޒާމުގެ ހިލޭ ގޭގެއަށް ނަރުދަމާ ކޮޅު ވެއްދުމަށް މިނިސްޓްރީ އޮފް އެންޔަރަންމަންޓްއިން ކަނޑައަޅުއްވާފައިވާ އުސޫލުވަނީ ރައްޔިތުންނަށް ސާފުކޮށްދީފައެވެ.
ތިންވަނަ ދައުރުގައި ނޮޅިވަރަންފަރު ކައުންސިލުން ފުރަތަމަ ރައްޔިތުންނާއި ބައްދަލުކޮށްފައިވަނީ މިދަޔަ ޖުލައި މަހު 7 ވަނަ ދުވަހުގެ ރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *