ޤަބުރުސްތާން ސާފުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ނޮޅިވަރަންފަރު ޤަބުރުސްތާނު ވަށާފާރު ރޭނުމަށްޓަކައި، ޤަބުރުސްތާނު ހަރިންމަ ތެރެ ސާފުކުރުމަށް ނޮޅިވަރަންފަރު ކައުންސިލާއި، ހދ.ކުޅުދުއްފުށި ބަނޑުގާ އިންވެސްޓްމަންޓާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ނޮޅިވަރަންފަރުކައުންސިލްގެ ފަރާތުން ސއޮ ކުރައްވާފައިވަނީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ނަދީމް، އަދި ބަނޑުގާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އަލްފާޟިލް ފާރޫޤް މުޙައްމަދެވެ. 03 އޮކްޓޫބަރ 2021 ވަނަ ދުވަހު ހަވާލުކުރެވުނު މިއެއްބަސްވުމުގައިވާ ގޮތުން ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ތިރީސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމަންޖެހެއެވެ.

ޤަބުރުސްތާނު އެތެރެ ސާފުކުރުމާއެކު، ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުންދަނީ ތައްޔާރުވަމުންނެވެ. މިމަޝްރޫޢަކީ ލޯކަލް ގަވަރމަންޓްގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

Leave a Reply

Your email address will not be published. Required fields are marked *