ކުޑަކުދިންގެ ޕާރކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ނޮޅިވަރަންފަރުގައި ކޫޑިކުދިންގެ ޕާރކެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި، ނޮޅިވަރަންފަރު ކައުންސިލާއި އެމްއައިއެޗް ކޮންސްޓްރަކްޝަން އާ ދެމެދު ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 12 އޮކްޓޯބަރ 2021 ވަނަ ދުވަހު ކައުންސިލް އިދާރާގައެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 90 ދުވަހުގެ ތެރޭގައެވެ.

މިއެއްބަސްވުމުގައި ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ނޮޅިވަރަންފަރު ކައުންސިލްގެ އަލްފާޟިލް ޢަބްދުﷲ ނަދީމް އެވެ. އަދި އެމްއިއެޗް ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، މޭނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ވުޖޫދެވެ. ކުޑަކުދިންގެ ޕާރކް ތަރައްޤީކުރުމަށް ޕާރކްގައި ބޭނުންކުރާ ސާމާނުވަނީ 2020 ވަނަ އަހަރު ޔޫތްމިނިސްޓްރީގެ ފަރާތުން ފޮނުވަދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *