ނޮޅިވަރަންފަރު ސަހަރާ ވަށާފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނޮޅިވަރަންފަރު ސަހަރާ ވަށާފާރު ރޭނުމުގެ އެއްބަސްވުމުގައި ބީސެވަން ގްރޫޕާއެކު ނޮޅިވަރަންފަރު ކައުންސިލުން ސޮއިކޮށްފިއެވެ. މިރަސްމިއްޔާތު އޮތީ 06 މާރޗު 2022 ވަނަ ދުވަހު ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގައެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބްދުﷲ ނަދީމެވެ. ބީސެވަން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ބީސެވަން ގްރޫޕުގެ މަސްއޫލުވެރިޔާ މުޙައްމަދު ޢަލީއެވެ.

މި މަޝްރޫޢުއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.5 މިލިއަން ރުފިޔާއެވެ. ބީސެވަން ގްރޫޕަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ ދެވަނަފަހަރަށް އިޢުލާންކުރުމުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާފަރާތް އެމަސައްކަތް ދޫކޮށްލުމުން ދެވަނައަށް އެންމެ މަތިން ޕޮއިންޓް ލިބިފައިވާތީއެވެ. އެފަރާތައް މަސައްކަތް ހަވާލުކޮށްފައިވަނީ 1114361.00 (އެއްމިލިއަން އެއްސަތޭކަ ސާދަހާސް ތިންސަތޭކަ ފަސްދޮޅަސް އެއްރުފިޔާ) އަށެވެ.

Leave a Reply

Your email address will not be published. Required fields are marked *