ތުޤާބިންތި ފައިސަލް ޢަބްދުއްރަޝީދު، ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން ވަނައެއް ޙާޞިލްކުރުން

ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ 9 އަހަރުން ދަށުގެ ޢުމުރުފުރާއިން ދެވަނަ ހދ.ނޮޅިވަރަންފަރު ރީޝަމް، ތުޤާ ބިންތި ފައިސަލް ޢަބްދުއްރަޝީދު ހޯދައިފިއެވެ. ތުޤާ ބައިވެރިވެފައިވަނީ ހދ.އަތޮޅު ކައުންސިލް ތަމްޞީލު ކޮށްދެއްވި ދަރިވަރުންގެ ޓީމުގައެވެ. މި މުބާރާތުގައި ހދ.އަތޮޅު ކައުންސިލް ތަމްޞީލުކޮށްދެއްވި ދަރިވަރުންގެ ތެރެއިން ވަނައެއް ޙާޞިލް ކުރެވިފައިވަނީވެސް ތުޤާއަށް އެކަނިއެވެ. އެހެންކަމުން ތުޤާއަކީ ހދ.އަތޮޅުގެ ރަންތަރީގެ ގޮތުގައި، އަދި ރަށަށް ލިބިގެންދިޔާ ރީތި ނަމަކާއި ޝަރަފެއްކަމުގައި ނޮޅިވަރަންފަރު ކައުންސިލުންނަވީ ސިފަކުރައްވައެވެ.

ތުޤާ ރަށަށް އައުމާއެކު، ކައުންސިލާއި މުއައްސަސާތަކާއި ޢާޢްމުންގެ ގިނަބަޔަކު ތުޤާއަށް ވަރަށް ހޫނު މަރުޙަބާއެއްވަނީ ކިޔާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *