ނޮޅިވަރަންފަރު ކައުންސިލް ޤުރްއާން މުބާރާތް ބާއްވައިފި

96 ދަރިވަރުންނާ އެކު ކައުންސިލް ޤުރްއާން މުބާރާތް 1443 ބާއްވައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، ކީރިތި ޤުރްއާންއާ ބެހޭ މަރުކަޒުގެ ޤަވައިދާ އެއްގޮތައް ދެ ގޮތްޕަކަށް ބަހާލައިގެން ޖުމްލަ 6 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފިން 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، 18 އަހަރުން މަތި އެވެ.

އޭޕްރީލް 22 ން 23 އަށް ކުރިއަށް ގެންދެވުނު މި މުބާރާތަކީ، ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމާއި ގުޅިގެން 2 އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވުނު މުބާރާތެކެވެ. ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށް ގެންދާ ޤުރްއާން ބުމާރާތަކީ، ނޮޅިވަރަންފަރުގެ ދަރިވަރުން ނާއި ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އަލާކޮށް، ދިރުވުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ކީރިތި ޤުރުއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމާއި، އަދި ޤުރުއާން ރީތިކޮށް ކިޔެވުމުގެ އެކި މުބާރާތްތަކުގައި ދަރިވަރުން ނާއި ޢާއްމުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ދަރިވަރުންނާއި ޢާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *