ނޮޅިވަރަންފަރު ކައުންސިލް ޤްރްއާން މުބާރާތުގެ ނަތީއްޖާ ފާޅުކޮށްފި

ނޮޅިވަރަންފަރު ކައުންސިލް ޤްރުއާން މުބާރާތް 1443 ގެ ނަތީއްޖާ ފާޅުކޮށްފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގޮފި ހިމެނޭގޮތަށް ޖުމްލަ 6 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފިން 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، 18 އަހަރުން މަތި އެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން އަދި ނުބަލާކިޔެވުމުގެ ގޮފިން  އެއްވެސް ވަނައެއް ހޮވިފައެއް ނުވއެވެ. 9 އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައިވަނީ ޙައްމާދު ޢަލީ، ސުހާނީ/ހދ.ނޮޅިވަރަންފަރު އެވެ. 9  އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ގޮފިން 2 ވަނަ އަށް ހޮވިފައިވަނީ ތުޤާ ބިންތި ފައިސަލް ޢަބްދުއްރަޝީދު، ރީޝަމް/ހދ.ނޮޅިވަރަންފަރު، 9 އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ގޮފިން 1 ވަނަ އަށް އެއްވެސް ބައިވެރިޔަކު ހޮވިފައެއް ނުވެއެވެ. 9 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 3  ވަނަ އަށް ހޮވިފައިވަނީ އާމިނަތު ޢާލިޔާ ޢަބްދުއްރަޝީދު، މެޑޯޒް/ހދ.ނޮޅިވަރަންފަރު އެވެ.

9 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 2،1  ވަނަ އަށް އެއްވެސް ބައިވެރިޔަކު ހޮވިފައެއް ނުވެއެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ގޮފިން 3 ވަނަ އަށް އެއްވެސް ބައިވެރިޔަކު ހޮވިފައެއް ނުވެއެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ގޮފިން 2 ވަނަ އަށް އެއްވެސް ބައިވެރިޔަކު ހޮވިފައެއް ނުވެއެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ ލީން މުޙައްމަދު ޢަބްދުލް ޢަޒީޒް، ސީރީނާ މަންޒިލް/ހދ.ނޮޅިވަރަންފަރު އެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައިވަނީ ފާތިމަތު ނައިޝާ، އާވާޒް/ހދ.ނޮޅިވަރަންފަރު އެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ އަށް ހޮވިފައިވަނީ ޒީކް އިބްރާހިމް، ސަންރައިޒް/ހދ.ނޮޅިވަރަންފަރު އެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ އަށް އެއްވެސް ބައިވެރިޔަކު ހޮވިފައެއް ނުވެއެވެ. 15 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައިވަނީ ފާޠިމަތު ޝަރާ ޚާލިދު، ހަވޭލީމަންޒިލް، ހދ.ނޮޅިވަރަންފަރު އެވެ. 15 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދާފައިވަނީ ސިމާނާ ޙުސައިން، ހޭޅި/ހދ.ނޮޅިވަރަންފަރު އެވެ. 15 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ ޢާއިޝަތު އީމާ އަޙްމަދު، ޔުނިކް/ހދ.ނޮޅިވަރަންފަރު އެވެ. 18 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން  3 ވަނަ ހޯދާފައިވަނީ މަރްޔަމް ޙަމްދާ އަޙްމަދު / ގުލްޝަން، ހދ.ނޮޅިވަރަންފަރު އެވެ. 18 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން  2 ވަނަ ދެ ބައިވެރިއަކު ހޯދާފައިވެއެވެ. އެއީ ޙަސަން ޒައިޙާން، ފްރީޕާރކް/ހދ.ނޮޅިވަރަންފަރު އަދި މުޙައްމަދު ހައްފާފް، ހަވޭލީމަންޒިލް/ހދ.ނޮޅިވަރަންފަރު އެވެ. 18 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން  1 ވަނަ ވެސް ދެ ބައިވެރިއަކު ހޯދާފައިވެއެވެ. އެއީ ފާޠިމަތު ލައިޝާ ޙުސައިން، ހަނީމޫން/ހދ.ނޮޅިވަރަންފަރު އާއި

މަރްޔަމް މަފާޒާ ޢަލީ އަޙްމަދު، ނަދުވާ/ހދ.ނޮޅިވަރަންފަރު އެވެ. 18 އަހަރުން މަތި ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައިވަނީ މަރްޔަމް ރީމާ، އަމާޒް/ހދ.ނޮޅިވަރަންފަރު އެވެ. 18 އަހަރުން މަތި ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ  ހޯދާފައިވަނީ ޙައްވާ ނަދާ، ދުންތަރި/ހދ.ނޮޅިވަރަންފަރު އެވެ. 18 އަހަރުން މަތި ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ އަޙްމަދު ޚަލަފް، ހަވޭލީމަންޒިލް/ހދ.ނޮޅިވަރަންފަރު އެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައިވަނީ ޙައްވާ ނަދާ، ދުންތަރި/ހދ.ނޮޅިވަރަންފަރު އެވެ. 2 ވަނަ ތިން ދަރިވަރަކު ހޯދާފައިވެއެވެ. ފާޠިމަތު ލައިޝާ ޙުސައިން، ހަނީމޫން/ހދ.ނޮޅިވަރަންފަރު އާއި މަރްޔަމް މަފާޒާ ޢަލީ އަޙްމަދު، ނަދުވާ/ހދ.ނޮޅިވަރަންފަރު އާއި ޢާއިޝަތު އީމާ އަޙްމަދު، ޔުނިކް/ހދ.ނޮޅިވަރަންފަރު އެވެ. 1 ވަނަ ހޯދާފައިވަނީ އަޙްމަދު ޚަލަފް / ހަވޭލީމަންޒިލް، ހދ.ނޮޅިވަރަންފަރު އެވެ.

މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައިވަނީ ޙައްމާދު ޢަލީ، ސުހާނީ/ހދ ނޮޅިވަރަންފަރު އެވެ. 2 ވަނަ ހޯދާފައިވަނީ ތުޤާ ބިންތި ފައިސަލް ޢަބްދުއްރަޝީދު، ރީޝަމް/ހދ.ނޮޅިވަރަންފަރު އެވެ. 1 ވަނަ ހޯދާފައިވަނީ ލީން މުޙައްމަދު ޢަބްދުލް ޢަޒީޒް، ސީރީނާމަންޒިލް/ހދ.ނޮޅިވަރަންފަރު އެވެ. 96 ދަރިވަރުން ބައިވެރިވެ 94 ދަރިވަރުން ކިޔަވާފައިވާ މިމުބާރާތުގެ ނަތީއްޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 15 މެއި 2022 ގައި ނޮލިވަރަންފަރު ސްކޫލް ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބްދުﷲ ނަދީމްއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި މުބާރާތުގައި ވީހާވެސް ގިނަ ދަރިވަރުން ޚާއްޞަކޮށް ދޮރީ ޢުމުރު ފުރާގެ މީހުން ގިނައިން ބައިވެރިވުމަށް އިލްތިމާސްކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *