ނޮޅިވަރަނަފަރު ޕޮލިސް ސްޓޭޝަން އިންޗާޖް ކައުންސިލާ ބައްދަލުކުރުން

ހދ.ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަން ހިންގުމާއި އަލަށް ހަވާލުވެލެއްވި ޕޮލިސް ސްޓާފް ސާޖަންޓް އަލްފާޟިލް މުޙައްމަދު ޢަބްދުއްލަޠީފް ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގައި އޮތް މި ބައްދަލުކުރެއްވުމުގައި ޗުއްޓީ ތެރޭގައި ވީހާވެސް ބޮޑަށް ރަށުގެ އަމަން އަމާންކަން ބެލެހެއްޓޭނެ ގޮތް ތަކާއި ބެހޭ ގޮތުންނާއި ރަށުގެ ޓްރެފިކް ބެލެހެއްޓުމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި ޕޮލިހާއި ކައުންސިލާއި ގުޅިގެން ހިންގިދާނެ އިޖްތިމާޢީ ހަރަކާތް ތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ޕޮލިސް އިންޗާޖްގެ އިތުރުން ޕޮލިސް ސާޖަންޓް އަލްފާޟިލް ޢަލީ ޙުސައިން އާއި ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ބައިވެލެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *