ނޮޅިވަރަންފަރުގައި ދެ ވޮލީ ކޯޓް ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލުކުރުން

ހދ.ނޮޅިވަރަންފަރުގައި ދެ ވޮލީކޯޓް އެޅުމަށް ވާރިސް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފި އެވެ. 29 ނޮވެމްބަރ 2017 ވަނަ ދުވަހު ނޮޅިވަރަންފަރު ކައުންސިލު އިދާރާގައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމް، އަދި ވާރިސް އިންވެސްޓްމަންޓް ގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުއް ރަޝީދު އަޙްމަދު އެވެ. ވޮލީ ކޯޓްގެ އެއްބަސްވުން ވާރިސް އިންވެސްޓްމަންޓްއާއި ހަވާލުކޮށްދެއްވީ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ވަޙީދު އެވެ. ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު އެރީނާ ތަރައްގީކުރުމުގެ ސިޔާސަތުގެތެރެއިން ނޮޅިވަރަންފަރުގައި ޤާއިމުކުރާ ދެ ވޮލީކޯޓް އެޅުމަށް ހަމަޖެހިފައިވަނީ ރަސްމީ ބޯޅަ ދަނޑުގެ އުތުރުން މިހާރުވެސް ވޮލީ ކޯޓް އޮތް ސަރަހައްދުގައެވެ.
ނޮޅިވަރަންފަރަކީ ގިނަ ޢަދަދެއްގެ ޒުވާނުން ވޮލީ ކުޅެ އުޅޭ ރަށެކެވެ. ޚާއްޞަކޮށް ޒުވާން އަންހެން ކުދިން ވޮލީ ކުޅުމަށް ޝައުގުވެރި ވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *