ހދ.ނޮޅިވަރަންފަރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން ނަންބަރު 2010/7 ގެ 110 ވަނަ މާއްދާއިން ލޯކަލް ކައުންސިލުތަކުން ކޮންމެ އަހަރަކު ރައްޔިތުންނާއިއެކު ބޭއްވުމަށް ލާޒިމުކުރާ ދެބައްދަލުކުރުމުގެތެރެއިން ފެބްރުއަރީ 28 ގެ ކުރިން ބާއްވަންޖެހޭ ބައްދަލުވުން ނޮޅިވަރަންފަރު ކައުންސިލުން ބާއްވައިފިއެވެ.
23 ފެބްރުއަރީ 2018 ވީ ހުކުރު ދުވަހުގެ ރޭ 9:00 ގައި ނޮޅިވަރަންފަރު ސްކޫލުގައި އޮތް މިބައްދަލުވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، 2018 ވަނަ އަހަރަށް ކައުންސިލުން ކަނޑައެޅި ބަޖެޓާއި 2018 ވަނަ އަހަރު ކުރުމަށް ރާވާފައިވާ ކަންތައްތައް ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު އިބްރާހީމް ރައްޔިތުންނާއި ޙިއްޞާ ކުރެއްވިއެވެ. އެއަށްފަހު ކައުންސިލުގެ ރަސްމީ ވެބްސައިޓް “nolhivaranfaru.gov.mv” ، ރަށުގެ އިސްރަށްވެއްސެއް ކަމުގައިވާ، އަދި ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ ހދ.ނޮޅިވަރަންފަރު ދޭލިޔާގެ އަލްފާޟިލް އަޙްމަދު ނަޢީމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވިއެވެ. ކައުންސިލުގެ އެކިއެކި ކަންކަމާއި ބެހޭގޮތުން ޚިޔާލު ހުށަހެޅުމާއި ސުވާލު ކުރުމުގެ ފުރުޞަތު މިބައްދަލުވުމުގައި ހުޅުވާލާފައެވެ.
މިބައްދަލުވުމުގައި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *