ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކުރުން.

ނޮޅިވަރަންފަރުގައި ޤާއިމުކުރާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ 9 މާރޗު 2018 ވަނަ ދުވަހު އެކަމަށް ޚާއްޞަކޮށް ބޭއްވެވި ރަސްމިއްޔާތެއްގައި އެންވަރަމަންޓް މިނިސްޓަރު އޮނަރަބަލް ޠާރިޤް އިބްރާހީމް އެވެ.
ނޮޅިވަރަންފަރުގައި ޤާއިމުކުރާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާއި އާއި ހަވާލުކޮށްފައިވަނީ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރާ ތާރީޚުން ފެށިގެން 486 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން 18 ގައެވެ.
މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ)ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއަށް 44 މިލިއަނަށް ވުރެގިނަ ރުފިޔާ ޚަރަދު ވާނެއެވެ.
މިމަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއިއެކު މި ނިޒާމްގެ އިދާރީ މަސައްކަތައް އެޑްމިނިސްޓްރޭޓިވް ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.
އެންވައިރޮންމަންޓް މިނިސްޓްރީއިން ބުނީ މި މަޝްރޫޢަށް ފައިސާ ހަމަޖެއްސުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގ އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ..
މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *