ކައުންސިލުގެ ޤުރުއާން މުބާރާތް ބޭއްވުން.

ކައުންސިލުން އިންތިޒާމުކޮށް ބާއްވާ 1439 ވަނަ އަހަރުގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވައިފި ނަތީޖާ ފާޅުކޮށްފި އެވެ.
2018 މާރޗު 16 އިން 17 އަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 2018 މާރޗު 22 ގައެވެ. ބަލައިގެން ކިޔެވުގެ ގޮފީންނާއި ނުބަލާ ކިޔެވުމުގެ ގޮފީ 7 ޢުމުރުފުރައަކުން ޖުމްލަ 78 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފި 1 ވަނަ ހޯދާފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު ޢާއިޝަތު ލަމްހާ އިބްރާހީމް އެވެ. ނުބަލާ ކިޔެވުމުގެ ގޮފީން 1 ވަނަ ހޯދާފައިވަނީ 6 އަހަރުން ދަށުގެ ދަރިވަރު ލީން މުޙައްމަދު ޢަބްދުލް ޢަޒީޒު އެވެ.
ކައުންސިލުން އިންތިޒާމުކުރާ މިމުބާރާތުގެ މަޤްޞަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާންއަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ޤުރުއާން ކިޔަވާ ދަރިވަރުން ދަރިވަރުން ތަކެއް ބިނާ ކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *