ކުރިއަށް އޮތް އަހަރުގެ ރައީސަކަށް އަޙްމަދު އިބްރާހީމް، އަދި ނައިބު ރައީސަކަށް އަޙްމަދު ވަޙީދު އިންތިޚާބު ކުރައްވައިފި

03 ޖޫން 2018 އިންފެށިގެން ކުރިއަށް އޮތް އަހަރުގެ ނޮޅިވަރަންފަރު ކައުންސިލުގެ ރައީސަކަށް މިހާރުވެސް ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު އިބްރާހީމް، އަދި ނައިބުރައީސަކަށް މިހާރު ނޮޅިވަރަންފަރު ކައުންސިލުގެ ނައިބުރައީސް އަލްފާޟިލް އަޙްމަދު ވަޙީދު އިންތިޚާބު ކުރައްވައިފިއެވެ.
މިއަދު މެންދުރު 01:00 ގައި ބޭއްވުނު ހދ.ނޮޅިވަރަންފަރު ކައުންސިލުގެ 3 ވަނަ ދައުރުގެ 41 ވަނަ ޢާއްމު ބައްދަލުވުމުގައި ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލެއްވުމުން އެމަޤާމަށް ކުރިމަތި ލައްވާފައިވަނީ އަޙްމަދދު އިބްރާހީމް އެކަނި އެވެ. ރައީސްކަމުގެ މަޤާމަށް އަޙްމަދު އިބްރާހީމް ވެފައިވަނީ ކައުންސިލުގެ 3 މެންބަރުންގެ އިއްތިފާގުންނެވެ.
ނައިބުރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވީ އަޙްމަދު ވަޙީދު އެކަނި އެވެ. އަޙްމަދު ވަޙީދުވެސް އިންތިޚާބުވެފައިވަނީ ކައުންސިލުގެ 3 މެންބަރުންގެ އިއްތިފާގުންނެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ 3 ވަނަ ދައުރު ފެށުންއިރު ކައުންސިލުގެ ހިންގާ ޤަވައިދު އެކުލަވާލާފައި ނެތުމުން ކައުންސިލުގެ މިހާރު ހިންގާ ޤަވައިދު އެކުލާވާލާފައިވަނީ ނޮޅިވަރަންފަރު ކައުންސިލުގެ 3 ވަނަ ދައުރުގައެވެ. އެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސާއި ނައިބުރައީސްގެ މުއްދަތަކީ މީލާދީ 1 އަހަރެވެ. 3 ނަވަ ދައުރުގެ ކައުންސިލު މެންބަރުން މަޤާމާ ހަވާލުވެވަޑާއިގެންފައިވަނީ 3 ޖޫން 2017 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *